07 Oct 2010, 15:27
ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް މާދަމާރޭ މާލޭގައި ޗެރިޓީ ފުޓްބޯޅަ މެޗެއް ކުޅެން ހަމަޖައްސައިފި އެވެ.
މި ފުޓްބޯޅަ މެޗް އިންތިޒާމްކުރާ މޯލްޑިވިއަން ޔޫތު ކޮމިއުނިޓީ އިން ބުނީ މާދަމާރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅޭ މެޗްގައި ބައްދަލު ކުރާނީ ކުރީގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ "ވެޓަރަންސް" ކްލްބުން ހޮވާލެވޭ "ވެޓަރަންސް ޑްރީމް ޓީމް" އާއި މޯލްޑިވިއަން ޔޫތު ކޮމިއުނިޓީގެ ޓީމެއް ކަމަށެވެ.
މާދަމާރޭ ކުޅޭ މެޗްގައި ބައްދަލުކުރާ ވެޓަރަންސް ޑްރީމް ޓީމުގައި ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ އަލީ ސުޒޭނާއި އިބްރާހިމް ރަޝީދު (އަންދަރޭ) އާއި ބިންމާ އަބްދުﷲ ވަހީދާއި ލިރުޣާމް ސައީދާއި އަހުމަދު މުޖުތަބާ (ފެސްކޯ) ފަދަ ކުޅުންތެރިން ހިމެނެ އެވެ.
މެޗު ރާވާ ފަރާތުން ބުނީ ގޮނޑިބަރިން 15ރ. އަށް އަދި ސިޑިބަރިން 10ރ. އަށް ޓިކެޓް ވިއްކާ މި މެޗުގެ ޓިކެޓް މިހާރު ވިކެމުންދާ ކަމަށާއި މެޗު ކުޅެމުންދާއިރު ދަނޑުގެ ހަތަރު ކަނުގައި ހަތަރު ފަންޑު ފޮށި ބަހައްޓާފައި ހުންނާނެ ކަމަށެވެ.