އެެސްޓީއޯ އިން އަތޮޅުތަކަށް ހިލަވެލި ސަޕްލައި ކުރާ ބޯޓު 200 ޓަނު ހިލައަ އާ އެކު ތ. އަތޮޅު ފަރަކަށް އަރައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައިއައްޑޫގައި ހުރި ހިލަތަކެއް ހިފައިގެން މާލެ އަންނަނިކޮށް، އެ ބޯޓު އެރީ ކަނޑޫދޫ ކައިރީގައި އޮންނަ ފަރަކަށެވެ.

ސަން އަށް ކަަށަވަރުވެފައިވާ ގޮތުގައި އެސްޓީއޯގެ "ތޫރި" ނަމަކަށް ކިޔާ، 100 ފޫޓު ދިގު، ދަގަނޑު ބޯޓު ފަރަށް އެރީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް އެ ބޯޓު ފަރަށް އަރަން ދިމާވި ސަބަބު އަދި ނޭނގެ އެވެ.

އެސްޓީއޯ ބޯޓެއް ފަރަށް އެރިކަން އެސްޓީއޯ އިން ވެސް ކަށަވަރުކޮށްދިނެވެ. އެސްޓީއޯގެ ޑިރެކްޓަރު އިބްރާހީމް ޝަރީފު މިއަދު ވިދާޅުވީ އެ ބޯޓު ފުންކުރުމަށް މިއަދު އެތަނަށް ޓަގް ބޯޓެއް ފޮނުވާފައިވާ ކަމަށެވެ.