07 Oct 2010, 15:12
މަނަދޫގައި ގާތްގަނޑަކަށް 748000 ރުފިޔާގެ ރޭޓުން 25 ގެ އެޅުމަށް ހަތަރު ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފި އެވެ.
ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ސުހައިލު އަހުމަދު މިއަދު ވިދާޅުވީ އެ ރަށުގައި އެޅުމަށް ހަމަޖައްސާފައިވާ 25 ގޭގެ މަސައްކަތް ހަވާލުކުރެއްވީ ހަތަރު ކުންފުންޏަކާ ކަމަށާއި އޭގެ ތެރެއިން 10 ގެ އެޅުމަށް ހަވާލުކުރެއްވީ އަމީން ކޮންސްޓްރަކްޝަނާ ކަމަށެވެ. ވާޓިކަލް ކޮންސްޓްރަކްޝަނާއި ވްޑް ހިޔާ ވޯކްސް އާއި ފްރީސިއަސް މޯލްޑިވްސް އަށް ހަވާލުކޮށްފައި ވަނީ ކޮންމެ ކުންފުންޏަކަށް ފަސް ގެ އެވެ.
ސުހައިލު ވިދާޅުވި ގޮތުގައި މަސައްކަތް ފަށާތާ 180 ދުވަހާއި 250 ދުވަހުގެ ތެރޭގައި ނިންމާފައިވާ ޕްރޮޖެކްޓަށް ފައިސާ ހޯދަނީ ސަރުކާރުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ރިސޯޓްތަކުން ލިބޭ ފައިސާ އިންނެވެ.
މަނަދޫގައި އަޅާ ތިން ކޮޓަރީގެ 25 ގެ އަށް 18.7 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
އެ ގެތައް ވިއްކާނެ އަގުތަކެއް އަދި ސަރުކާރަކުން ނުބުނެ އެވެ.