05 Feb 2013, 12:49
އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ސަރުކާރަށް ލަފާދެއްވުމަށް ޓަކައި "އެއަޕޯޓް އެޑްވައިޒަރީ ކޮމިޓީ"ގެ ނަމުގައި ފަސް މެންބަރުންގެ ކޮމެޓީއެއްް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަ ވަނީ ކޮލި މުޙަންމަދު ޢުމަރު މަނިކާއި ހެންވޭރު ގަދަމޫ އަޙްމަދު ސަލީމާއި މ. އާބަގީޗާ ޞަލާޙް ޝިހާބާއި ހ. ސަނޯރާމާ ޢާއިޝަތު ޒާހިރާ އާއި ގ. އާސަމް ޢަދްނާން ޢަލީ ކަމަށެވެ.