މިސުރުގެ ގާހިރާގައި މާދަމާ ފައްޓާ 12 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މިއަދު ހެނދުނު ފުރާވަޑައިގެންފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން އިލްހާމް ޙުސައިން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ސަމިޓު ނިމޭނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.