ސ. ފޭދޭ ގެއަކުން ގިނަ ޢަދަދެއްގެ ގުރާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.

މިދިޔަ މަހު 19 ވަނަ ދުވަހު ޕީޖީ އަށް ފޮނުވި އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވީ ފޭދޫ ދުނބުރިމާގެ، މުހައްމަދު ވަހީދު، 25، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ހަ ވަނަ ދުވަހު ފޭދޫ ގެއެއްގައި ބަހައްޓާފައި ހުރި ގުރާ ކޮށްޓަކުން ގިނަ ޢަދަދެއްގެ ގުރާތަކެއް ވަގަށް ނަގައިގެން އެ ގުރާތައް ވިއްކަން އުޅުނު މައްސަލަ އަކާ ގުޅިގެންނެވެ.