04 Feb 2013, 10:41
ޕާކިސްތާނާ ދެކޮޅަށް މި މަހުގެ 12 އަދި 14 ވަނަ ދުވަހު ދިވެހި ގައުމީ ޓީމް ކުޅޭ ދެ މެޗަށް 27 ކުޅުންތެރިންގެ ސްކޮޑެއް އިއްޔެ ނަގައިފި އެވެ.
ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރެއިން މިފަހަރު އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. އެގޮތުން އެ ޓީމުގެ ނުވަ ކުޅުންތެރިއަކު ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ. އަދި ދެ ވަނައަށް ސްކޮޑްގައި އެންމެ ގިނަ ޓީމަކީ ނިއުރޭޑިއަންޓެވެ. އެޓީމުގެ އަށް ކުޅުންތެރިން ސްކޮޑުގައި ހިމެނެ އެވެ. ވެލެންސިއާ އާއި ބީޖީން ހަތަރު ކުޅުންތެރިން ސްކޮޑަށް ނެގި އިރު، އީގަލްސް އާއި ވީބީން ނަގާފައިވަނީ އެންމެ ކުޅުންތެރިއެކެވެ.
މާލޭގައި ކުޅޭ އެ ދެމެޗަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް އަންނަ ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ފެށުމަށް ނިންމާފައިވާ އިރު، މިފަހަރު ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ވެލެންސިޔާގެ އައްސަދު އަބުދުލްގަނީ ހިމެނެ އެވެ.
ގައުމީ ޓީމުގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވީ، 27 ކުޅުންތެރިންގެ ސްކޮޑެއް ނެގި ކަމުގައި ވިޔަސް، މެޗް ކުޅުމުގެ ކުރިން ސްކޮޑަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން މެޗަށް ދިއުމުގެ ކުރިން 18 ނުވަތަ 20 އަށް މަދުކުރާނެ އެވެ.
ގައުމީ ޓީމުގެ ކޯޗަކީ ހަންގޭރީގެ އިސްޓަވާން އުރުބާނީ އެވެ.
ގައުމީ ސްކޮޑް:
މާޒިޔާ:
1 މުހައްމަދު އާރިފް (ބަކާ)
2 ހަސަން އަދުހަމް
3 މުހައްމަދު އިމްރާން (ގޯލްކީޕަރު)
4 ޝާފިއު އަހުމަދު
5 އަސަދުﷲ އަބުދުﷲ
6 އަހުމަދު ރަޝީދު
7 އަމްދާން އަލީ
8 އަހުމަދު ނާޝިދު
9 އިސްމާއީލް އީސާ (މެސީ)
ނިއު ރޭޑިއަންޓް
10 އަލީ އަޝްފާގް (ދަގަނޑޭ)
11 އަހުމަދު ތޯރިގް (ޓޮމް)
12 އިމްރާން މުހައްމަދު (ގޯލްކީޕަރު)
13 އަހުމަދު އަބުދުﷲ (ލިލ)
14 މުހައްމަދު އުމޭރު
15- ރިލްވާން ވަހީދު (ކަކާ)
16- މޫސާ ޔާމީން
17 މުހައްމަދު ޝިފާން (ކުޑައްޓޭ)
ވެލެންސިއާ:
18 އައްސަދު އަބުދުލްގަނީ
19 އަކުރަމް އަބުދުލްގަނީ
20 މުހައްމަދު ފައިސަލް (ގޯލްކީޕަރު)
21 މުހައްމަދު ރަޝީދު (ހޮކޭ)
ވީބީ ސްޕޯޓްސް:
22 ފައިރޫޒް އާދަމް ސަމީރު
އީގަލްސް:
23 އަހުމަދު އިމާޒް (އާއްކޮ)
ބީޖީ ސްޕޯޓްސް:
24 އަހުމަދު ޒާދު
25 އިބްރާހީމް ފަޒީލް (އޮއްޕޮ)
26 އަސްއަދު އަލީ (އަޑުބަރޭ)
27 ފަރުހާދު އިސްމާއީލް