04 Feb 2013, 09:36
ކޫއްޑޫ ފިޝަރީޒް މޯލްޑިވުސް އިން މިއަދުން ފެށިގެން އެ ކުންފުއްޏާއި އެ ކުންފުނީގެ ބޯޓްފަހަރަށް މަސްގަންނަ އަގު ކޮންމެ ޓަނަކުން 500ރ. ބޮޑުކޮށްފި އެވެ.
ކޫއްޑޫ އިން ބުނީ މިއަދުން ފެށިގެން އެކުންފުނިން ގަންނަ ފިނިކުރި މަހުގެ 0.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަނީ 22.50ރ. އަށް ކަމަށާއި އަދި 12 ކިލޯ އިންމަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25.50ރ އަށް ކަމަށެވެ. އަދި ފިނިނުކުރާ މަހުގެ ތެރެއިން 0.5 ކިލޯ އިން މަތީގެ ކަނޑުމަހާއި ކަންނެލި ކިލޯއެއް 20.50ރ. އަށް ގަންނަ އިރު 12 ކިލޯ އިންމަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 23.50ރ. އަށް ކަމަށެވެ.
ކޫއްޑޫ އިން ބުނީ މަސް ގަންނަ އަގު ބޮޑުކުރީ އެ ކުންފުއްޏަށް އެންމެ އެކަށީގެންވާ އަދަދަކަށް މަސް ނުލިބުމާއި އަހަރުގެ މިދުވަސްވަރަކީ މަސްވެރި މޫސުމަކަށްވީ ނަމަވެސް އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގެ މިދުވަސްވަރު މަސްވެރިކަން ދަށްވުމުން މަސްވެރިން މަހަށް ފުރުމަށް ހިތްވަރުދިނުމަށާއި ގިނަ ދޯނިފަހަރު މަހަށް ފުރުމުގެ މަގުސަދުގައި ކަމަށެވެ.