ކުއާޓާ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ބީޖީ ސްޕޯޓްސް އިން ކަށަވަރު ކޮށްފި އެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ޔޫތު ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗު ބީޖީ އިން ކާމިޔާބުކޮށް ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމު އެކެއް އެކަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެން މާޒިޔާ ފަހެއް ތިނަކުން ބަލިކޮށް ގެންނެވެ.

މެޗުގެ ފުރަތަމަ ފުރަތަމަ ލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ ފަސްވަނަ މިނިޓުގައި އެޓީމުގެ ގުރައިޝް ޢަބްދުއް ރައްޒާގު އެވެ. އަދި ދާދި ހަމަހަމަކޮށް ދެޓީމުގެ ކުޅުން ފެނުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ މާޒިޔާ ކުރީގައި އޮވެގެންނެވެ.

ބީޖީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 54 ވަނަ މިނިޓުގައި އެ ޓީމުގެ އަހްމަދު ޒައިދު އެވެ. ފަހުހާފުގައި ވެސް ދެ ޓީމުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމު އެއްވަރު ވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެން ނެވެ.

އެގޮތުން ބީޖީ ސްޕޯޓްސް އިން ހަތަރު ޕެނަލްޓީ ކާމިޔާބު ކުރި އިރު މާޒިޔާ އަށް ކާމިޔާބު ކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ. ބީޖީއަށް ޕެނަލްޓީތައް ކާމިޔާބުކޮށް ދިނީ އަޙްމަދު އައިމަން އާއި، އިސްމާއީލް މަދީހު އާއި، ޢަލީ ޖިނާހުގެ އިތުރުން އަހްމަދު ޒައިދު އެވެ. އަދި މާޒިޔާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހުސައިން ސާޖިދު އާއި އިސްމާއީލް އަލީފް އަހްމަދު އެވެ.

ކުއާޓާ ފައިނަލްގެ ދެ ދެވަނަ މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ހަވީރު 4:05ގަ އެވެ.