10:00


މާލޭ ލޯކަލް މާރުކޭޓް ސަރަހައްދާ ދިމާލުން ފަޅުތެރެއަށް މޫދަށް އެރިއުޅުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.


ފުލުހުން ބުނީ މަރުވެފައި އޮއްވާ ރޭ 12 ޖަހަން އުޅެނިކޮށް ފެނުނު މީހަކީ އެ ސަރަހައްދުގައި އަޅާފައި އޮތް ބޯޓެއްގައި މަސައްކަތްކުރާ ޢުމުރުން 26 އަހަރުގެ ދިވެއްސެއް ކަމަށެވެ.


އޭނާ މޫދަށް އެރި އުޅުނީ އެ ބޯޓުގައި މަސައްކަތްކުރާ އެހެން މީހަކާއެކު ބޯޓުގެ ވާ މޮހަން ކަމަށާއި އަދި އޭނާގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދު އަޑިން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އެ މީހާ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން އޭނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެ އެވެ.


އައިޖީއެމް ހޮސްޕިޓަލުން ބުނީ އެމީހާ މަރުވެފައި ވަނީ ގެނބިގެން ކަމަށެވެ.