އުރަމަތީ ކެންސަރާ ބެހޭ ގޮތުން ހޭލުންތެރި ކުރުމާ ބެހޭ ޕްރޮގްރާމެއް އާއްމުކޮށް ހުޅުވާލައިގެން މިމަހު ބާއްވާ ގޮތަށް އޭޑީކޭ ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ އުރަަމައްޗަށް ޖެހޭ ކެންސަރަށް އާއްމުން ހޭލުންތެރި ކުރުވުމަށް ބާއްވާ އެ ސެޝަނަކީ އާއްމުކޮށް ޖެހޭ ބަލިތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮޮތުން މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން ކުރިއަށް ގެންދާން ހަމަޖެހިފައިވާ ޕޮރުގުރާމުގެ ދަށުން ބާއްވާ ފުރަތަމަ ސެޝަން ކަމަށެވެ.

މި ޕޮރުގުރާމުގެ ފުރަތަމަ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ހަތްވަނަ ދުވަހުގެ ކުރިން ނަން ނޯޓް ކުރުމުގެ ފުރުސަތު އޭޑީކޭއިން ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ.

ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާން ހަމަޖެހިފައިވާ އެސެޝަނުގައި، އުރަމައްޗަށް ޖެހޭ ކެންސަރުން ރައްކާތެރިވުމާއި އެ ބަލިޖެހުމުން އެ ކަމާ މެދު އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި އެ ސެޝަންގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެ އެވެ.

މި ޕޮރުގުރާމުގެ ފުރަތަމަ ސެޝަންގައި މައުލޫމާތު ދެއްވާނީ އޭޑީކޭ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓެންޓް އިން ސާޖަރީ ޑރ. ޖެއިން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.