ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ ލިމިޑެޓް އޯވާ ކުރިކެޓް މުބާރާތުގެ ދެ ވަނަ ޑިވިޒަންގައި އިއްޔެ ކުޅުނު މެޗް މާލޭ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.

ކުޅިވަރު އެކުވެނީގެ އެންނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗް މާލޭ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ ކުރިކެޓް ބޯޑުގެ ވައިޑީޕީޓީމާ ބައްދަލުކޮށް 126 ލަނޑުންނެވެ.

އިއްޔެގެ މެޗުގެ ޓޮސްދިމާވެގެން މާލޭ ސްޕޯޓްސް ކުޅެންއަރާ 38 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 184 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 44 ލަނޑުހެދި އިބްރާހިމް އަލީއެވެ. އަދި ވައިޑީޕީ ޓީމުން އަހްސަމް ތިން ވިކެޓަށް 30 ލަނޑުހެދި އެވެ.

ޖަވާބުގައި ވައިޑީޕީ ޓީމް ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން 24 އޯވަރުގެ ތެރޭގައި 58 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 14 ލަނޑުހެދި އަލީ ސުނާނެވެ. އަދި މާލޭ ސްޕޯޓްސްއިން އެންމެ ރަނގަޅަށްއުކީ އަށް އޯވަރު 16 ލަނޑަށް ހަތަރު ވިކެޓް ނެގި އަބްދުﷲ ޒިޔާދެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާލޭ ސްޕޯޓްސް ކުލަބްގެ އަބްދުﷲ ޒިޔާދެވެ.

މުބާރާތުގައި މާދަމާ 11:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ އޮފްއެފްސީ އާއި މާލޭ ސްޕޯޓްސް ކުލަބެވެ.