01 Feb 2013, 22:39
މިރޭ 9:40 ހާ އިރު ގަލޮޅު ގުދުސް ގޯޅި ތެރޭގައި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި އެ މީހާގެ ބޯ ފަޅާލައިފި އެވެ.
އަނިޔާ ލިބުނު ފަރާތް ވަނީ ފަރުވާ ދިނުމަށް ޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މާރާމާރީ ހިންގީ އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ކަމަށާއި އެ ކުއްޖާ މިހާރު ވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.