01 Feb 2013, 00:52
މަސީ ބިލްޑް އެކްސްޕޯ 2012/13 ގެ ލަކީޑްރޯގެ ނަސީބުވެރިންގެ ނަންތައް މިރޭ އިއުލާނު ކޮށްފި އެވެ.
މިއަހަރުގެ ރަފްލް ޑްރޯގައި ހުށަހަޅާފައިވާ އިނާމުތަކުގެ އަގު 150000ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އަށް އަރާއިރު އެ އިނާމުތަކުގެ ތެރޭގައި މުނިހޯމްކެއާއިން ހުށަހަޅާފައިވާ މިލާނޯ މޮޑަން އިޓާލިއަން ކިޗަން ސެޓަކާއި، ލެކިއުޓް ލައިފް ސްޓައިލް އިލެކްޓްރޯނިކްސްގެ ފަރާތުން ހަދިޔާކޮށްފައިވާ ޕެނަސޮނިކް ވިއެރާ އެލްއީޑީ ފުލް އެޗްޑީ 42 އިންޗީގެ ޓީވީއަކާއި، ސަންފްރަންޓް ލިވިން އިން ހަދިޔާކޮށްފައިވާ ބެޑްރޫމް ސެޓަކާއި އަދި އެކުއަކްރޯމްގެ ފަރާތުން ހަދިޔާކޮށްފައިވާ ރެއިންބޯ ޝަވަ ސިސްޓަމެއް ހިމެނެ އެވެ.
އެކުއަކްރޯމްއިން ހަދިޔާކޮށްފައިވާ ޝަވަސިސްޓަމް ގުރުއަތުން ދިމާވީ، އަބްދުލް ހަމީދު މ. މުދޫ އަށެވެ. އަދި މުނިހޯމްކެއާއިން ހުށަހަޅާފައިވާ މިލާނޯ މޮޑަން އިޓާލިއަން ކިޗަން ސެޓު ގުރުއަތުން ދިމާވީ ގ. މަޑުފެހިގޭ މުހައްމަދު ސައިފު، އަށެވެ.
ލެކިއުޓް ލައިފް ސްޓައިލް އިލެކްޓްރޯނިކްސްގެ ފަރާތުން ހަދިޔާކޮށްފައިވާ ޕެނަސޮނިކް ވިއެރާ އެލްއީޑީ ފުލް އެޗްޑީ 42 އިންޗީގެ ޓީވީ ހ. މިއަލަނި 6-ބީ، އަހްމަދު އިބްރާހިމް އަށް ގުރުއަތުން ދިމާވި އިރު ސަންފްރަންޓް ލިވިން އިން ހަދިޔާކޮށްފައިވާ ބެޑްރޫމް ސެޓް ލިބުނީ، ޑީއެލް ވެނުގޯޕާލަ ރާއޯ ނަމަކަށް ކިޔާ ބިދޭސީ ރައްޔިތަކަށެވެ. އޭނާގެ އެޑްރެހަކީ އެންބީސީސީ ކޮމްޕެނީ އެމްއެންޔޫ އެވެ.
މިފަހަރުގެ މަސީ ބިލްޑް އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތަފާތު ބޮޑެތި ކޮންސްޓްރަކްޝަން ދާއިރާ އަށް ނިސްބަތްވާ ކުންފުނިތައް ބައިވެރިވާ އިރު އެ ދާއިރާގެ ތަފާތު އާ ޕްރޮޑަކްޓްތައް ލޯންޗު ކުރުމާއި އެފަދަ ބައެއް ހަރަކާތްތައް ހިންގާފައި އެވެ.
މަސީ ބިލްޑް އެކްސްޕޯ އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކުރުމަށާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ވިޔަފާރިތައް އިޝްތިހާރުކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އިން ބާއްވަމުން ގެންދާ ހާއްސަ ފެއާ އެކެވެ.