މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތޫނު ހަތިޔާރު ގެންގުޅެ އާންމު މަސްލަހަތު ނަގައިލާން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ސ. ހިތަދޫ ހަވޭލި، މުޙައްމަދު ފަޒާލް، 18، އާއި ހަމަ އެ ރަށު ރެޑިއަމްލައިޓް، މުޙައްމަދު ޝިފާޒު 23، ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފައި ވަނީ މި ދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 ހާއިރު ސ. ހިތަދޫ މަގުތަކުގައި އާންމުގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތޫނު ހަތިޔާރު ހިފައިގެން އުޅެ ރަށުގެ މަސްލަހަތު ނަގައިލާން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ.