ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު އިފްތިތާޙްކޮށްދެއްވުމަށާއި ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައި ދެއްވުމަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހަވީރު ފަށްޓަވައިފި އެވެ. މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވާނީ މާދަމަ އެވެ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.