އައްޑު އާއި ފުވައްމުލަކު ސިއްހީ ހިދުމަތް ދޭ ތަންތަނާއި ހުރިހާ ހިދުމަތެއް ސައުތު ހެލްތު ސާވިސް ކޯޕަރޭޝަނަށް މިއަދު ބަދަލުކޮށްފި އެވެ.


މި  ހިދުމަތްތައް ބަދަލު ކުރުމަށް ހެލްތު މިނިސްޓްރީއާ އެ ކޯޕަރޭޝަނާ މިއަދު އެއްބަސްވެ އެގްރީމެންޓްގައި ސޮއިކޮށްފައެވެ.


ހެލްތު މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި މިއަދު މިނިސްޓްރީން ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލު އަދި ސައުތު ހެލްތު ސާވިސް ކޯޕަރޭޝަނުން އެ ކުންފުނީގެ ޗެއާމަން އަލީ ޝަހީމް ސޮއިކުރައްވާފައިވާ ކަމަށެވެ.


އެސެޓް ޓްރާންސްފާ އެއްބަސްވުމުގެ ދަށުން ހެލްތުން ކުރިން ދެމުން އައި ހިދުމަތްތައް އެ ކޯޕަރޭޝަނުގެ ދަށަށް ބަދަލުވާނެ އެވެ.