31 Jan 2013, 13:09
ގއ. ދާންދޫގައި އެއް ޖިންސުން ގުޅުން ހިންގި ސްކޫލް ކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 23 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހައްޔަރު ކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 19 އަހަރުގެ ކުއްޖާއަކީ އަދި ވެސް އެ ރަށު ސްކޫލްގައި ކިޔަވާ ކުއްޖެއް ކަމަށެވެ.