31 Jan 2013, 11:03
ސްޕެއިންގެ ކިންގްސް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރި މެޗުގައި ބާސާ ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި ރެއާލް އެކެއް އެކަކުން މެޗުގެ ނަތީޖާ އެއްވަރުކޮށްފި އެވެ.
ރޭ ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅު ސެމީފައިނަލްގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނުޓުގެ ތެރޭގައި ބާސާއަށް ކުރި ހޯދައިދިނީ، ސެސް ފަބްރިގާސް އެވެ. އަދި އެޓީމުން ވަނީ ނަތީޖާ އިތުރަށް ފުޅާކުރާނޭ ފުރުސަތު ތަކެއް ވެސް ތަނަވަސް ކޮށްފަ އެވެ.
ޕްރެޝަރުގައި ކުޅެމުންދިޔަ ރެއާލް އަށް މެޗުގެ ނަތީކާ ހަމަހަމަ ކޮށްދިނީ މެޗުގެ 83 ވަނަ މިނިޓުގައި އެ ޓީމުގެ ފަހަތަށް ކުޅޭ ރަފައެލް ވެރާނޭ ބާސާގެ ގޯލަށް ބޯޅަ ފޮނުވާލައިގެންން ނެވެ.
ކިންގްސް ކަޕްގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި މި ދެޓީމު ވާދަ ކުރާނީ ފެބްރުއަރީ 27ގައި ބާސާގެ ދަނޑުގަ އެވެ. ސެމީ ފައިނަލުގެ އަނެއް މެޗުގައި ވާދަކުރަނީ އެތްލެޓިކޯ މެޑްރިޑާއި ސެވިއްޔާ އެވެ.