30 Jan 2013, 16:42
އުސްފަސްގަނޑު ސަރަހައްދު ހުސްކުރަން އެންގި އެންގުމަށް އަމަލުކުރަން ފަސްކުރަން ފުލުހުން ނިންމައިފި އެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުންގެންދާ އުސްފަސްގަނޑު ސަރަހައްދު ހުސްކުރުމަށް މުހުލަތެއް ދީފައިވީ ނަމަވެސް އެ ސަރަހައްދު އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ހައިކޯޓުން އަމުރުކޮށްފައި ވާތީ އުސްފަސްގަނޑު ސަރަހައްދު ހުސްކުރަން އެނގި އެންގުމަށް ޢަމަލުކުރުން ފަސްކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ނިންމަންދެން، އެ ސަރަހައްދު އެއްވެސް ބަޔަކު ބޭނުން ނުކުރުމަށާއި އެއްވެސް ބަޔަކު ބޭނުން ކުރުމަށް ދޫނުކުރުމަށް ހައިކޯޓުން ވަނީ ފުލުހުންނަށް އަންގާފަ އެވެ.
ފުލުހުން މިއަދު ހަވީރު އުސްފަސްގަނޑާ ހަވާލުވެ އެ ސަރަހައްދުގައި ޓޭޕް ދަމާ ވަނީ ބަންދުކޮށްފަ އެވެ.