30 Jan 2013, 15:30
ސިޔާސީ ހަރަކާތް ހިންގުމަށް މާލޭ ސިޓީ ކައުންސިލުން އެމްޑީޕީ އަށް ދޫކޮށްފައިވާ އުސްފަސްގަނޑުގެ މައްސަލާގައި ހައިކޯޓުން ވަކި ގޮތަކަށް ނިންމަންދެން އެތަން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް އެ ކޯޓުން ކުރި އަމުރާ ގުޅިގެން ފުލުހުން އުސްފަސްގަނޑާ ހަވާލުވުމަށް ހިނގައްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ ކޯޓުން އަމުރުކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުން ކޯޓުގައި ކޮށްފައިވާ އިސްތިއުނާފާ މެދު ކޯޓުން ވަކި ގޮތެއް ނިންމަންދެން އެ ތަން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ރިޕޯޓަރު ދެންމެ ބުނީ އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައި ކަމަށާއި އެ ތަނުގައި ފުލުހުން ޓޭޕް ދެމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހުންނާ ވާހަކަ ދެއްކުމަށް ދެ މީހަކު އެމްޑީޕީ މީހަކު ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.