30 Jan 2013, 12:01
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަގުތުން ފައިސާ ކާޑް(ކޭޝް ކާޑް) ދޫކުރަން ފަށައިފި އެވެ.
އެމްއައިބީގެ ހެޑް އޮފް ކާޑް ސާވިސް އަހުމަދު ރިޒާ މިއަދު ވިދާޅުވީ އަލަށް ތައާރަފްކުރެވުނު ހިދުމަތާ އެކު އެ ބޭންކުގެ އެކައުންޓެއް ހުޅުވާ އިރު ނުވަތަ މިހާރު އެއުންޓް ހުޅުވާފައިވާ ފަރާތްތަކުން ވެސް ކޭޝް ކާޑަށް އެދޭ ވަގުތު އެ ކާޑް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިން ދޫކުރާ ކާޑްތަކާ އެ ކާޑާއި ހަމައެކަނި ހުންނާނެ ތަފާތަކީ އެކާޑްގައި ކަސްޓަމަރުގެ ނަން ނުހުންނާނެ ކަން ކަމަށެވެ.
"މިކާޑްގެ ހަމައެކަނި ތަފާތަކީ ނަން ނީންނަ ތަންކޮޅު. އިތުރު ތަފާތެއް ނޫޅޭނެ. ޕިން ވެސް ޗޭންޖްކުރެވޭނެ ޕީއޯއެސްގައި ވެސް ބޭނުންކުރެވޭނެ. އަދި އޭޓީއެމްގައި ވެސް ބޭނުންކުރެއްވޭނެ،"ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކާޑް ހެދުމަށް ޗާޖްކުރެވޭނީ ކުރީގެ ކާޑެކޭ އެއްފަދަ އިން އެޕުލިކޭޝަނަށް 50ރ. އަދި އެނުއަލް ފީއަކަށް 50ރ. ކަމަށެވެ. އަދި އެފަދަ ކާޑްތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ބޭނުން ކުރާ ވައްތަރުގެ ކާޑްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ބޭންކުން ވަގުތުން ކޭޝްކާޑް ލިބޭ ހިދުމަތެއް ތައާރަފްކޮށްފަިއވާ އިރު އެ ބެންކުން ވަނީ ދާދިފަހުން "ފައިސާ ޕީއޯއެސް"ގެ ނަމުގައި އިސްލާމިކް ބޭންކްގެ ކޭޝް ކާޑް ބޭނުންކޮށްގެން ވިޔަފާރިކުރެވޭ ޕީއޯއެސް ހިދުމަތްވެސް ފަށައިފަ އެވެ.