29 Jan 2013, 15:55
ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރި މީހަކު އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ގ. ނައިޓްޑްރީމް އަބްދުﷲ ރަމީޒުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:05 އެހައިކަށް ހާ އިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަކަމުދާ އެއްޗެހި ދިނުމަށް ފުލުހުން އެދުމުން އޭނާ އެ ކަމަށް އިންކާރު ކޮށްފައި ވާ ކަން ޝަރީއަތަށް ސާބިތު ވާ ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.