އަންނަ މެއި މަހުގެ 6-9 އަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެރޭބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2013، 2014 އަދި 2015ގައި ބައިވެރިކުރާ ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމުގެ ބިޑް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އާންމުކޮށް ހުޅުވާލައިފި އެވެ.

އެމްއެމްޕީއާރުސީ އިން ހާމަކޮށްފައިވާގޮތުގައި އޭޓީއެމްގައި ރާއްޖެއަށް ލިބިފައިވާ ސްޓޭންޑް ނަންބަރު: އޭއެސް7070 ޑިޒައިން ކޮށްފައި ހުންނަން ޖެހޭނީ އޭޓީއެމްގެ ސްޓޭންޑްތައް ތައްޔާރުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ. އަދި އަގުތަށް ހުށަހަޅާއިރު އެ މަސައްކަތް ކޮށްދެވޭނޭ އެންމެ ކުޑަ އަގެއް ވެސް ހުށަހަޅަން ޖެހޭނެ އެވެ.
އޭޓީއެމްގައި ރާއްޖޭގެ ސްޓޭންޑް ނިމިފައި ހުންނައިރު އެތަން ހުންނަން ޖެހޭ މިންތަކަކީ 105 އަކަމީޓަރު (އެޓޭޗްޑް ފްލޯ ޕްލޭން) (7 މީޓަރު × 15 މީޓަރު) އެވެ. އަދި އެތަނަށް ބޭނުންވާ ކަރަންޓާއި އިންޓަނެޓް ފަދަ ވަސީލަތްތައް ފޯރުވައި ދޭންޖެހޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނެފައިވަނީ އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާއިރު، ކުންފުނީގެ ޕްރޮފައިލަކާއި، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުންޏަކުން އެންމެ ފަހުން ނިންމާފައިވާ މިފަދަ ބޮޑު ދެ ޕްރޮޖެކްޓްގެ ތަފްސީލް ހުށަހަޅަން ޖެހޭނޭ ކަމަށެވެ. އަދި ޕްރޮޕޯސަލް އޮންނަން ޖެހޭނީ އިނގިރޭސި ބަހުން ކަމަށާއި އަގުތައް ހުންނަން ޖެހޭނީ ޔޫއެސް ޑޮލަރުން ކަމަށް ވެސް ބުނެފައި ވެއެވެ.

ބިޑް ޕްރޮޕޯސަލް ހުށަހަޅަން ލިބޭ އެންމެ ފަހުގެ ތާރީހަކީ 18 ފެބްރުވަރީ 2013 އެވެ. އީމެއިލްގެ ޒަރީއާއިން ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުން[email protected]އަދި[email protected]ފޮނުވުމުން ގަބޫލުކުވޭނޭ ކަމަށް އެމްއެމްޕީއާރުސީ އިން މައުލޫމާތު ދީފައި ވެއެވެ.