ދެ ލެޕްޓޮޕް ވަގަށް ނެގި މީހަކު ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ލެޕްޓޮޕްތައް ވަގަށް ނެގުމުގެ ކުށުގައި ދެ އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 1718 މުހައްމަދު މޫސާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމްގައި ބުނަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ވަގުތެއްގައި ޝާހާ އަލްޓަނޭޓިވް މެޑިކަލް ސެންޓަރަށް ވަދެ އެތަނުގައި ހުރި ދެ ލެޕްޓޮޕް އޭނާ ވަގަށް ނަގާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށެވެ.

މިއީ ވައްކަންކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.