މ. ހުދުއަސުރުމާގެ އަރިއަޅާލުމާއި ގުޅިގެން އެތަނުން މީހުން ހުސްކުރަން ފަށައިފި އެވެ.

ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ އެގެއިން މީހުން ހުސްކުރަން ފެށީ އެގެއާ އިންވެގެން ހުރި މިސްޓުގެ ކޮންނަމުން ދަނިކޮށެވެ.

ފިޔާތޮށި މަގަށްވާ ގޮތަށް ހުރި ހުދުއަސުރުމާގެ އަރިއަޅާލީ ރޭ ދަންވަރު ކަމަށް އެގޭގެ އުޅޭ މީހުން ބުނެ އެވެ. އެގޭގައި ދިރިއުޅޭ ދިވެއްސަކު ބުނީ ރޭ ދަންވަރު އެގެ އަރިއަޅާލި އިރު އެގޭގައި ހުރި ޓީވީއެއް ވެސް ވެޓިފައިވާ ކަމަށެވެ.

އަރިއަޅާލިގޭގައި ބޮޑެތި ރެނދުތަކެއްލާފައި ހުރި އިރު، ރެއިން ފެށިގެން އެގެއިން ދަނީ މީހުން ހުސްކުރަމުންނެވެ.

މިދިޔަ އަހަރުތެރޭ ވެސް ވަނީ މާލޭގެ ގެއެއް އަރިއަޅާލާފަ އެވެ.