28 Jan 2013, 17:54
މަސްތުވާތަކެތި އަޅާފައިވާ 14 ބްލެޓް، ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ދިވެއްސެއްގެ ހަށިގަނޑުން އެތަކެތި ނަގަން މަސް ދުވަސް ހޭދަކޮށްފި އެވެ.
ކަސްޓަމްސް އިން ބުނީ މިދިޔަ ޑިސެންބަރު މަހުގެ 23 ވަނަ ވަނަ ދުވަހު ރޭ ގަތަރު އެއާވޭސް އިން ރާއްޖެ އައި 21 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރި ގޮތުން އޭނާ ހިފަހައްޓައި ހޮސްޕިޓަލަށް ގެންގޮސް ހަށިގަނޑު އެކްސްރޭ ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އަޅާފައިވާ 14 ބްލެޓް ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި އޭނާގެ ހަށިގަނޑުގައި ރައްކާކޮށްފައި ހުރުމުން އެއްޗެއް އޭނާގެ ހަށިގަނޑުން، ނަގައި ނިމުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެތަކެއްޗާއެކު އެ މީހާ ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.