ބްރަޒީލިޔާ (ޖަނަވަރީ 28): ބްރަޒިލްގެ ދެކުނުގެ ރަށެއްކަމަށްވާ ސެންތާމާރިޔާގެ ނައިޓް ކްލަބެއްގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި 233 އަށް ވުރެ ގިނަ މީހުން މަރުވެ ސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެވެ އެވެ.

އެ ޙާދިސާގައި މީހުން މަރުވެ އަދި ޒަޚަމްވީދުމުގެ އަސަރުކޮށްގެން ހާސްވެގެންނާއި ފިހިގެންނާއި އެނޫންގޮތްގޮތުންނެވެ. މިހާދިސާ އާގުޅިގެން، ބްރަޒިލްގެ ރައީސާ ދިލްމާ ރޮޒޭވް ވަނީ ޗިލީ އަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއް މެދުކަނޑާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. ބްރަޒިލްގެ މީޑިޔާ ޚަބަރުދޭ ގޮތުގައި ރައީސާ ދިލްމާ ކުއްލި ގޮތަކަށް އެނބުރި ގައުމަށް ވަޑައިގެންނެވީ މިޙާދިސާގައި މަރުވި ޢާއިލާތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި ތަޢްޒިޔާ ވިދާޅުވުމަށާއި ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދިނުމުގެ ކަންތައްކުރިޔަށްދާ ގޮތް ގާތުން ބެއްލެވުމަށެވެ. ޒަޚަމްވި މީހުންގެ ތެރެއިން 100 އެއްހާ މީހުން ސެންތާމާރިޔާގެ ކެރިޑޭޑް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދާ އިރު މަރުވެ އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 16 އަހަރާއި 20 އަހަރުގެ ދެޖިންސްގެ ޒުވާނުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބްރަޒިލްގެ ފުލުހުން ބުނާގޮތުން ސެންތާމާރިޔާގެ ނައިޓްކްލަބުގައި އަލިފާންރޯވީ އެތަނުގައި މިޔުޒިކް ޝޯއެއް ބާއްވަމުން ދަނިކޮށެވެ. މިޙާދިސާގައި ގިނައިން މީހުން މަރުވީ ދުމުގެ ސަބަބުން ހާސްވެގެން އެތައް ބަޔަކު ކުއްލި ގޮތަކަށް އެއްފަހަރާ ނުކުންނަން މަސައްކަތް ކުރުމުގެ ސަބަބުން ފިތި ބާރުވެ އެއްބައެއްގެ ފައިދަށު އަނެއްބަޔަކު ވެގެންކަމަށާއި ނަމަވެސް އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ނޭނގޭ ކަމަށް ފުލުހުންނާއި އެގައުމުގެ އެހެން މަސްއޫލުވެރިން ވިދާޅުވި އެވެ.

އެޑްމިޓްކޮށްފައިވާ މީހުންގެ ޙާލު ބައްލަވާލެއްވުމަށް ޓަކައި ރައީސާ ދިލްމާ ރޮޒޭވް، ސެންތާމާރިޔާގެ ކެރިޑޭޑް ހޮސްޕިޓަލަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ބްރަޒީލް އަށް ހިތާމަވެރި ދުވަހެއް ކަމަށާ މިދަނޑިވަޅުގައި މުޅިގައުމު ވަނީ މިޙާދިސާގައި މަރުވެ އަދި ގެއްލުންތައް ލިބުނު މީހުންނާއި އެމީހުންގެ ޢާއިލާތަކާއެކުގައި ކަމުގަ އެވެ. މި ހިތަމާއާ ގުޅިގެން ބްރަޒިލްގެ ސަރުކާރުން ވަނީ، ކުރިން ވެރިރަށް ބްރަޒީލިޔާގައި ބޭއްވުމަށް ރާވަފައިވާ ބޮޑު އިޙްތިފާލެއް ވެސް ކެންސަލް ކޮށްފަ އެވެ. (ބީ.ބީ.ސީ)