27 Jan 2013, 17:58
ހދ. ކުރިނބީގެ ތިން ކައުންސިލަރަކު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ހަފްލާއެއްގައި ސޮއިކޮށްފައިވާ ތިން ކައުންސިލަރުންނަކީ ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް އާއި ކައުންސިލްގެ ނައިބް ރައީސް އަލީ ފަޔާޒް އާއި ކައުންސިލް މެމްބަރު އަބްދުﷲ އަސްލަމްއެވެ.
ސަންއަށް އެނގިފައިވާގޮތުގައި މިއަދު ޕީޕީއެމްއަށް ސޮއިކޮށްފައިވާ ތިން ކައުންސިލަރުންނަކީ ޑީއާރްޕީގެ ޓިކެޓްގައި ކައުންސިލަށް ހޮވިފައިވާ ތިން ކައުންސިލަރުންނެވެ.
ކުރިނބީ ކައުންސިލަށް އިންތިހާބުވީ ޑިއާރްޕީގެ ހަތަރު ކައުންސިލަރުންނާއި އެމްޑީޕީގެ ކައުންސިލަރެކެވެ. އޭގެތެރޭގައި ހިމެނޭ ޑީއާރްޕީގެ ތިން ކައުންސިލަރުން ވަނީ މިއަދު ޕީޕީއެމްއަށް ސޮއިކޮށްފައެވެ.