ނ. މާފަރު ރައްޔިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ އެރަށު ރައްޔިތުން ބަންދު ކުރި ސަރުކާރުގެ މުއައްސަސާތައް ހުޅުވުމަށް ފަހު މިއަދު ހިދުމަތްދޭން ފަށައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ކުރަމުން އަންނަ މުޒާހަރާތައް، ސަރުކާރަށް ތިން މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު އެތަން ތަން ހުޅުވުމުން މިއަދު ވަނީ އާ އަހަރުގެ ކިޔެމުންވުން ވެސް އެރަށުގެ ސްކޫލުގައި ފަށާފަ އެވެ.

މާފަރު ކައުންސިލް މެންބަރު އަންވަރު އަބްދުލް ޢަނީ ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އަސާސީ ހިދުމަތްތަކުން މަހްރޫމް ވެފައި ވާތީ އެރަށުގެ ރައްޔިތުން ނިކުމެ ކުރަމުންދިޔަ އިހްތިޖާޖުތަކުގެ ތެރެއިން ސަރުކާރު އޮފީސްތައް ބަނދުކޮށްފައި ހުރުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ހުޅުވާފައިވާ ކަމަށެވެ. އަދި މިއަދު ސަރުކާރު ހުޅުވުން އެތަންތަނުން ހިދުމަތްދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިއަދު ކައުންސިއިދާރާއިން ހިދުމަތްދޭން ފަށާފައިވާއިރު ރަށު ކޯޓާއި ހެލްތު ޕޯސްޓާއި ސްކޫލް ވެސް މިއަދު ވަނީ ހުޅުވާފަ ކަމަށް އަންވަރު ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ އިހްތިޖާޖުތަކަށްފަހު ސްކޫލު ހުޅުވިއިރު ބައެއް ކަންތައް ރަނގަޅު ކަމަށާއި އަދި އިހްތިޖާޖު ތަކުގެ ފައިދާ ވެސް ކޮންމެ ވެސް ވަރަކަށް ކުރި ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން މިއަދު އަޅުގަނޑުމެން މި ރަށުގެ ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހްރޫހްވެފައި ތިބިކަން ބަޔަކަށް އެނގިއްޖެ ކަމަށް. އަޅުގަނޑު އުއްމީދު ކުރަން ކަން ރަނގަޅުވާނެ ކަމަށް. އެކަމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ސަރުކާރުން ވެސް،" އަންވަރު ވިދާޅުވި އެވެ.

އަސާސީ ބައެއް ހިދުމަތްތައް ނުލިބޭ ކަމަށްބުނެ މާފަރުގެ ގިނަ ރައްޔިތުން ތަކެއް ނިކުމެ ކުރި ،މުޒާހަރާގައި ސްކޫލާއި ކައުންސިލް އިދާރާއާއި އަދި ސިއްހީމަރުކަޒު ބަންދުކުރުމުގެ ސަބަބުން އަސާސީ ހައްގުތަކުން ރައްޔިތުން މަހުރޫމް ވަމުންދާތީ އެކަމާއި ހޯމް މިނިސްޓްރީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ރަށު ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެވޭނީ އެ ސްކޫލް ހުޅުވުމުން ކަމަށެވެ.