05 Oct 2010, 09:22
ރަށްތައް ގުޅުވައިލުމުގެ ހިޔާލު ހޯދަން އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުގައި 141 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ ހިޔާލު ހޯދުމުގެ ވޯޓުގައި 105 ރަށަކާއި މާލޭގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި މާލޭގައި ބަހައްޓާނީ 10 ފޮށި ކަމަށެވެ. މާލޭގައި ބަހައްޓާ 10 ފޮއްޓަކީ އިދާރީ ގޮތުން އެއްކޮށްލާ 29 ރަށެއްގެ ވޯޓު ފޮށި ކަމަށް ވެސް ތޮލާލު ވިދާޅުވި އެވެ.
ތޮލާލު ވިދާޅުވީ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށްޓަކައި ހއ. އަތޮޅާއި އާއި ހދ. އާއި ށ. އާއި ތ. އާއި ލ. އާއި ގއ. ސ. އަތޮޅަށް މިއަދު ޓީމުތައް ފުރާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިދާރީ ގޮތުން އެއްކޮށްލާ ރަށްރަށުގެ އަތޮޅު ވެރިކަން ކުރާ ރަށްރަށުގައި ވޯޓުލުމަށް އެއްވެސް މީހަކު ރަޖިސްޓްރީކޮށްފައި ނުވާތީ ވެރިކަން ކުރާ ރަށްރަށުގައި ވޯޓުފޮށި ނުބަހައްޓާ ކަމަށެވެ.