27 Jan 2013, 14:24
ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމުގެގޮތުން ކަސްޓަމްސް ސާވިސް އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހިޔާ އަށް 60،000ރ.ގެ ސާމާނު ހަދިޔާކޮށްފި އެވެ.
ކަސްޓަމްސް މުވައްޒިފުން އިއްޔެ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ކުރި ޒިޔާރަތުގައި ކަސްޓަމްގެ ފަރާތުން އެ ސާމާނުތައް ހަދިޔާކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް ފާތިހު އަލީ އެވެ. އަދި ކުޑަކުދިންގެ ހިޔާގެ ފަރާތުން އެ ސާމާނާ ހަވާލުވީ އެހިޔަލުގެ ޑެޕިއުޓީ ޑިރެކްޓަރު އައިމިނަތު މުހައްމަދެވެ.
ކަސްޓަމްސް އިން ކުޑަކުދިންގެ ހިޔާ އަށް އިއްޔެ ކުރި އެ ޒިޔާރަތުގައި ވަނީ އެތަނުގައި ދިރިއުޅޭ ކުދިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ. އެގޮތުން އެވަގުތު ކޮޅުތެރޭގައި އެ ކުދިންނާ އެކު ތަފާތް ކުޅިވަތުތައް ކުޅުމާއި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ކަސްޓަމްސް ސާވިސް އިން ބުނީ އެ ސާވިސްގެ އިޖުތިމާއީ ޒިންމާގެ ދަށުން އެއް ހަފްތާއަށް ހަރަކާތްތައް ކުރިއަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.