އިންތިހާބީ މައްސަލަތަކަކާ ގުޅިގެން ދެ ދާއިރާ ނުހިމަނައި، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއްލާންކޮށްފި އެވެ.


އެމްޑީޕީ ސެކްރެޓޭރިއަޓްގައި ރޭ އޮތް ރަސްމިއްޔާތެއްގައި ނަތީޖާ އިޢުލާނު ކޮށްދެއްވީ އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މެމްބަރު އަދި އެންސްޕާގެ ޗެއަމަން އިބްރާހީމް ވަހީދެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ، އިންތިހާބީ މައްސަލަތަކާ ގުޅިގެން ދާއިމީ ނަތީޖާ އިޢުލާންކޮށްފައިނުވާ ދެ ދާއިރާއަކީ ތުލުސްދޫ ދާއިރާ އާއި ތޮއްޑޫ ދާއިރާކަމަށެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ ނައިބު ރައީސްގެ މަޤާމާއި ސެކްރެޓަރީގެ މަޤާމާއި އިންތިޒާމް ސެކްރެޓަރީގެ މަޤާމާ ބެހޭ ގޮތުން މައްސަލަތަކެއް ހުށަހެޅިފައިވާތީ އެ މަޤާމްތަކުގެ ދާއިމީ ނަތީޖާ ވެސް އިޢުލާންކޮށްފައިނުވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ދާއިމީ ނަތީޖާ އިޢުލާން ނުކުރެވިވާ ދާއިރާތަކުގެ ނަތީޖާ މި ހަފްތާގެ ތެރޭގައި އިޢުލާން ކުރެވޭނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.


އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވާފައި ވަނީ، އެ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، އެ މެންބަރުން ނިސްބަޔްވެ ވަޑައިގަންނަވާ ދާއިރާތަކުގެ ރައީސްކަން އޮޓަމެޓިކުން ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ގޮތުގައި ހަމަޖެއްސެވުމަށް ފަހު އެވެ. އެހެންކަމުން ދާއިރާތަކުގެ ރައީސް އިންތިހާބުކުރުން ބާއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ޕާޓީގައި ހިމެނިވަޑައިނުގަންނަވާ ދާއިރާތަކުގަ އެވެ.