26 Jan 2013, 21:22
ބ. ތުޅާދޫ އަށް މިއަދު ދިޔަ ފުލުހުންގެ ތަހުގީގު ޓީމަށް ހުރަސް އެޅި 11 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް މިރޭ ވިދާޅުވީ މީގެ ދެދުވަސް ކުރިން ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގެ ތަހުގީގަށް މިއަދު ފުލުހުން އެރަށަށް ދިޔުމުން އެރަށު ބަޔަކު ނިކުމެ ފުލުންގެ ވާޖިބަށް ހުރަސްއަޅައި އާއްމު އިޖްތިމާއީ މިންގަނޑާއި ޚިލާފު އަމަލުތަކެއް ހިންގާފައިވާކަމަށެވެ. ނަމަވެސް ފުލުހުން އެރަށަށް ދިޔައީ ކޮން މައްސަލައެއް ތަހުގީގު ކުރުމަށް ކަމެއް ހަނީފް ވިދާޅެއް ނުވެއެވެ.
"މީގެ ދެދުވަސް ކުރިން ފުލުހުންނަށް ހުށަހެޅުނު މައްސައެއްގެ ތަހްގީގަށް އެރަށައް ދިޔައީ. ދިޔުމުން އެރަށުގެ ބަޔަކު ނިކުމެ ފުލުހުންނަށް ހުރަސްއެޅީ. އެމީހުން އަމަލު ކޮށްފައިވަނީ އާއްމު އިޖްތިމާއީ މިންގަނޑު ތަކާވެސް ޚިލާފަށް،" ހަނީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އެންމެން މިހާރު ތިބީ އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.