14 Mar 2010, 14:10
19:00
ކަނޑި ގެންގުޅުމުގެ ކުށުގައި ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ގޭބަންދަށް ދޫކޮށްފި އެވެ.
"ހަނގުރާމަވެރި ހަތިޔާރެއް" ގެންގުޅުމުގެ ކުށް ސާބިތުވެގެން 2008 ވަނަ އަހަރު ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ގދ. ނަޑެއްލާ އަތަމާގޭ އިބްރާހިމް ނާފިޒު ނުވަތަ ޗިކާ، ގޭބަންދަށް ބަދަލުކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.
ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އޭނާ ގޭބަންދަށް ބަދަލުކުރީ ޑީޕީއާރުއެސް އިން ކުރަމުންދާ ތަހުގީގަކަށް ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވާ ރަޝީދު ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ޑީޕީއާރުއެސް އިން ބަލަމުންދާ މައްސަލަތަކުގައި ގޭބަންދަށް ބަދަލުކޮށް ހަދާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޗިކާ، ގޭބަންދަށް ބަދަލުކުރުމުގައި ފުލުހުންގެ އެއްވެސް ހިއްސާއެއް ނެތް ކަމަށާއި ހުކުމްކުރާ މީހުންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ސީދާ ޑީޕީއާރުއެސް އިން ކަމަށެވެ.