25 Jan 2013, 14:05
ފެމެލީ ކޯޓަށް މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވަރިސާބިތުކުރުމުގެ މައްސަލަތައް ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން ވަރިސާބިތުކުރުމަށް މިދިޔަ އަހަރު 664 މައްސަލަ ހުށަހަޅާފައިވާ އިރު ވަރިވުމަށް އެދި ހުށަހަޅާފައި ވަނީ 433 މައްސަލަ އެވެ. އަދި ވަރިކުރުމަށް އެދި 239 މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ވަރިއާ ބެހޭ 21 މައްސަލަ މިދިޔަ އަހަރު އެ ކޯޓަށް ހުށަހަޅާފައިވާ އިރު ދެމަފިރިން ސުލްހަކުރުމަށް އެދި ސާޅީސް މައްސަލަ ހުށަހެޅިފައިވާ ކަމަށް ވެސް ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ވަލީ ހޯދުމަށް 31 މައްސަލަ މިދިޔަ އަހަރު ހުށަހެޅިފައިވާ އިރު ޚަރަދުގެ މައްސަލަކުގެ ގޮތުގައި 152 މައްސަލަ ހުށަހެޅިފައިވާ ކަމަށް ވެސް ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ހަޟާނާތު ހޯދުމަށް އެދި 52 މައްސަލަ މިދިޔަ އަހަރު ހުށަހަޅާފައިވާއިރު ގެވެށި އަނިޔާގެ މައްސަލަތަކުގެ ގޮތުގައި 23 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.