05 Oct 2010, 05:14
މަޖޫބުރުކުރުވައިގެން ޓީޗަރުން ލައްވާ ޝޯ ބާއްވާ ކަމަށް ބުނެ، އިސްކަންދަރު ސްކޫލް ކައިރިއަށް ރޭ ބައަކު އެއްވެ ނުރުހުން ފާޅުކޮށްފި އެވެ.
އިސްކަންދަރު ސްކޫލް ކައިރިއަށް ރޭ 8:30 ހާއިރު އެއްވި މީހުން ވަނީ ޓީޗަރުންނަށް ބިރު ދައްކައިގެން ޓީޗަރުން ލައްވާ އެފަދަ ޢަމަލު ތައް ނުހިންގުމަށް ގޮވާލާފަ އެވެ. އަދި އެފަދަ ޝޯ ތަކުގައި ބައިވެރިނުވާ ޓީޗަރުން ވަޒީފާ އިން ވަކި ކުރާނެ ކަމުގެ އިންޒާރުދީ ބިރުދައްކާފައިވާ ކަމަށް ވެސް އެއްވެ ތިބި މީހުން ވަނީ ގޮވާފައިވެ އެވެ.
ޓީޗަރުން މިނިވަން ކުރުމަށާއި އަދި ޓީޗަރުން ލައްވާ އެފަދަ ޝޯ ތައް ނުބޭއްވުމަށް ގޮވާލާ އެއްވި މީހުން ވަނީ މާގިނަ އިރެއްނުވެ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.
މަޖޫބުރުކުރުވައިގެން ޓީޗަރުން ލައްވާ ޝޯ ބާއްވާ ކަމަށް ބުނެ، އިސްކަންދަރު ސްކޫލް ކައިރީގައި މުޒާހަރާ އެއް ބާއްވާނެ ކަމަށް ބުނެ ރޭ ވަނީ މެސެޖެތަކެއް ދައުރުވެފަ އެވެ. އަދި ފަހުން މުޒާހަރާ ކެންސަލްވި ކަމަށް ބުނެ ވެސް މެސެޖްތަކެއް ވަނީ ދައުރުވެފަ އެވެ. ނަމަވެސް އަޑުގަދަ ކުރާ ބޭނުންކޮށްގެން އެމީހުން ވަނީ އިރުކޮޅެއްވަންދެން ސްކޫޕް ކުރިމައްޗައްވާ ގޮތަށް ހުންނަ އިސްކަންދަރު ސްކޫލްގެ ގޭޓް ކުރިމައްޗަށް އެއްވެ އެކަން ނުކުރުމަށް ގޮވާފަ އެވެ.
މިއަދު ފާހަގަ ކުރަމުންދާ ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން ސްކޫލްތަކުގައި ދަނި ތަފާތު ހަރަކާތްތައް ހިންގަމުން އެބަގެންދެ އެވެ.