އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ގިނަ އަދަދެއްގެ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ބ. ކަމަދޫ ވީސަންގެ، އަހުމަދު ހުޝާމް 26، ގެ މައްޗަށް ކަމަށެވެ.

ހުޝާމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މުވައްޒަފެއްގެ ގޮތުގައި ހުރެގެން އެ ކުންފުނީގެ ގިނަ އަދަދެއްގެ ފައިސާތަކަކަށް 2008 ވަނަ އަހަރު އޭނާ ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ހޯމަދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.