22 Jan 2013, 18:01
ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި އަންހެނަކު އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގައި އެއްއަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މ. ފޮނިތުޅާގޭ އައިމިނަތު ސައުސަނީގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ ފުލުހުން އޭނާ ހައްޔަރުކޮށް ކުޑަކަމުދާތަކެތި ދޭން އެންގުމުން އެކަމަށް އޭނާ އިންކާރު ކޮށްފައިވާކަމަށް ޝަރީއަތުގައި ސައުސަނީ އިއުތިރާފުވެފައިވާ ކަމަށެވެ.
ސައުސަނީގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.