22 Jan 2013, 16:32
ދިރާގުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯބައިލް އަންލިމިޓެޑް އިންޓަނެޓް ޕެކޭޖަކާއި އާ މޯބައިލް އިންޓަނެޓް ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.
އެ ޕެކޭޖުތައް ތައާރަފްކުރުމުގެ ގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއަދު އަލަށް ތައާރަފްކުރި ޕެކޭޖްތަކަކީ ކޮންމެ ކަސްޓަމަރަކު ވެސް ބޭނުންވާ ގޮތަށް އެކުލެވިފައިވާ ޕެކޭޖްތަކެއް ކަމަށާއި މިއަދު އަލަށް ތައާރަފްކުރި ޕެކޭކުތަކުގެ ތެރޭގައި ހިމެނޭ އަންލިމިޓެޑް މޯބައިލް އިންޓަނެޓް ޕެކޭޖަކީ މަހުފީގެ އިތުރުން އެއްވެސް ޗާޖަކާނުލައި އިންޓަނެޓް ބޭނުންކުރެވޭނެ ޕެކޭޖެއް ކަމަށެވެ.
"މިއަދު އަލަށް ތައާރަފްކުރެވުނު ޕެކޭޖުތަކާ އެކު ކޮންމެ ކަސްޓަމަރެއް ވެސް އެ ފަރާތެއްގެ މޯބައިލް އިންޓަނެޓް ޔޫސޭޖާ ގުޅޭ ގޮތަށް ޕެކޭޖެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ. އަދި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ޕެކޭޖުތަކަކީ ސްމާޓް ފޯނު ގެންގުޅުއްވާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބޭނެ ޕެކޭޖެއް،" މިރުޝާން ވިދާޅުވި އެވެ.
އެބައްދަލުވުމުގައި ދިރާގުގެ މޯބައިލް މާކެޓިން އެގްޒެކެޓިވް އަހުމަދު ރިޝާން ވިދާޅުވީ މިއަދު އަލަށް ތައާރަފްކުރި ޕެކޭޖުތަކުގެ ތެރެއިން މޯބައިލް އަންލިމިޓެޑް ބޭނުންވާ ފަރާތްތަކަށް މަހުފީ އަށް 299ރ. އަށް އެ ޕެކޭޖުލިބޭ އިރު 1.2 ޖީބީ ބޭނުންވާ ފަރާތްތަކަށް މަހުފީއަކަށް 189ރ. ދެއްކުމުން އެޕެކޭޖުލިބޭނެ ކަމަށެވެ. އަދި 700 އެމްބީގެ ޕެކޭޖު ބޭނުންވާ ފަރާތްތަކުން މަހުފީ އަށް 149ރ. ދެއްކުވުމުން އެޕެކޭޖުލިބޭ އިރު 200 އެމްބީ ޕެކޭޖު ބޭނުންވާ ފަރާތްތަކުން މަހުފީއަށް 99ރ. ދެއްކުމުން އެޕެކޭޖުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އެޕެކޭޖު ބޭނުންވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެޕެކޭޖަށް ބަދަލުކުރެވޭނެ ކަމަށެވެ.
"އެޕެކޭޖަކަށް އެކްޓިވޭޓް ކުރުމަށް add) space) ޖެހުމަށް ފަހު އެޕެކޭޖެއްގެ ކީވީޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ކުރުމުން އެޕެކޭޖުލިބޭނެ، ދެން ކީވޯޑް ތަކަށް އަންލިމިޓެޑް ޕެކޭޖުގެ ކީ ވޯޑަކީ dataunl ދެން 1.2 ޖީބީގެ ކޯޑަކީ data1.2gb ދެން 700 އެމްބީގެ ކީވޯޑަކީ data700 ދެން 200 އެމްބީގެ ކީވޯޑަކީ data200" ރިޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕެކޭޖުތަކުގެ ބެލެންސް ބަލަންބޭނުންވާ ޕޯސްޓްޕެއިޑް ފަރާތްތަކުން 727 އަށް އެސްއެމްއެސްއެއް ކުރުމުން ޕެކޭޖުގެ ބެލެންސް އެގޭއިރު ޕޯސްޕެއިޑް ކަސްޓަމަރުން #3*6*123* އަށް ޖެހުމުން ބެލެންސް އާއި ޕެކޭޖުގައި ބާކީ ހުރިވަރު އެނގޭނެ ކަމަށެވެ.