މެދުފުށި އައިލެންޑް ރިސޯޓުން ޑައިވިންއަށް ގޮސް އުޅެނިކޮށް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ މީހަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު މެންދުރު 11:20 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުން ދިޔަ ޓޫރިސްޓް މީހާ އާއި ޑައިވިން އިންސްޓްރަކްޓަރު ފެނިފައި ވަނީ ނާލާފުށި ކައިރިން ކަމަށެވެ. އަދި އެ ދެ މީހުން ފެނުނު އިރު ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މީހުން ޑައިވިން އަށް ގޮސް އުޅުނީ މ. އަތޮޅުގެ ބޯހުރާ ކައިރިއަށް ކަމަށެވެ.

ފަހަކަށް އައިސް ޑައިވިން އަށްދާ ޓޫރިސްޓުން ވީނުވީއެއް ނޭނގި ގެއްލޭ މައްސަލައާއި ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި މަރުވާ މައްސަލަ ވަނީ ރާއްޖޭގައި އިތުރުވެފަ އެވެ.