ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯލަ ލީގުގެ ދެ ވަނަ ޑިވިޒަންގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެއް ވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ ޒުވާނުންގެ މަރުކަޒުގައި ނަފައިރު ޖުވެނައިލްއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުން މިރޭ 20:30ގައި ވާދަކުރާނީ ނައިފަރު ޖުވެނައިލްއާ އެވެ. މިމެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާ އިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ދެ ވަނަ ސެމީ ފައިނަލްގައި ޔޫތާއި ބީޖީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ފުރަތަމަ ސެމީ ފައިނަލް މެޗުން ބަލިވާ ޓީމާއި ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ފައިނަލުން ޖާގަ ހޯދާ ދެ ޓީމެއް އެއް ވަނަ ޑިވިޒަނަށް ކޮލިފައިވާނެ އެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.