ހދ. ކުޅުދުއްފުށީގައި 16 އަހަރުގެ ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މި މަހުގެ 16 ވަނަ ދުވަހު ދައުވާކުރުމަށް ފޮނުވާފައިވަނީ ހދ. ކުޅުދުއްފުށީ ރިހިތަރި، އުމުރުން 20 އަހަރުގެ މުހައްމަދު އާދަމް ގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ކުޑަކުއްޖާ އާ އެކު އޭނާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ހަ ވަނަ ދުވަހު ހުށައަޅަފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.