21 Jan 2013, 15:50
ގޭސްފުޅިއެއް ގުޅަން އުޅުމުގެ ތެރޭ ގޭސް ލީކް ވެގެން ގޭސް ފުޅި ގޮވައި ބިދޭސީ މީހަކަށް ހާނިއްކަ ވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވީ މިއަދު ހަވީރު އެ ހާދިސީ ހިނގީ މއ. ސައްކެޔޮގެއާ ޖެހިގެން ހުންނަ ސައްކެޔޮ ކެފޭގައި ކައްކަން އުޅުނު ބިދޭސީ މީހާ ގޭސް ފުޅި ގުޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެހާދިސާގައި އޭނާގެ މޫނުން ތެޔޮ ހަން ދިޔުން ފިޔަވައި އިތުރު ޒަޚަމެއް ވެފައިނުވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ތިބި މީހުންނާ ހަވާލާދީ އަބްދުﷲ ވިދާޅުވީ އެ ހާދިސާގައި ބަދިގޭގެ އެއްވެސް އެއްޗެއްގައި އަލިފާން ރޯވުން ފަދަ ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.