އުމުރުން 17 އަހަރުގެ ކުއްޖަކަށް ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެކުއްޖާ އަށް ހަމަލާދީފައިވަނީ ރޭ 9:30 ހާއިރު ޖަލާލުއްދީން މިސްކިތް ކައިރިން ކަމަށެވެ.


އޭނާ ވިދާޅުވީ ބައަކު ގޮސް އެކުއްޖާ އަށް ހަމަލާދީފައި ވަނީ އޭނާގެ ބުރަކަށްޓައް ކަމަށެވެ. ނަމަވެސް އެހަމަލާއާ ގުޅިގެން ސީރިއަސް އަނިޔާ އެއް ލިބިފައިނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.


މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއްނުވެ އެވެ.