21 Jan 2013, 14:33
ގައުމީ 33 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގެ "ފިރިހެން ތިންވަނަ ޑިވިޝަން" އަންނަ މަހުގެ 14 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.
ބާސްކެޓް އެސޯސިއޭޝަނުން ބުނީ، މި ފަހަރުގެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފައި ވާއިރު، މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން ފޯމް ހުށަހަޅާން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ ބުދަ ދުވަހުގެ 2:00 ވުމުގެ ކުރިންނެވެ.
މުބާރާތުގައި ގިނަ ޓީމްތަކެއް ބައިވެރި ވެއްޖެ ނަމަ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހައިލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ބާސްކެޓް ކޯޓުގައެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދަ ބައޫސް ސްޕޯޓްސް ކުލަބެވެ.