"އަޕަ ސައުތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެކުލަވާލައްވައިފި އެވެ.


އެ ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސެވީ، ގދ. ގައްދޫ، ކަފިދޫގޭ މުޙަންމަދު ޝަހީދެވެ. އެ ބޯޑަށް ހަމަޖެއްސެވި އެހެން ބޭފުޅުންނަކީ، ގދ. ތިނަދޫ ނާރެސް އަހްމަދު ސަރުވާޝް އާދަމާއި، ގއ. ކޮލަމާފުށީ އުތުރުގޭ ފަޒްނާ ޢަބްދުއްސަމަދާއި، ގދ. ތިނަދޫ ގްރީންވިލާ ޢަބްދުލްޢަޒީޒް ރިފާޢުއާއި، ގދ. މަޑަވެލި އަތަމާގޭ ޝާފީ އާދަމާއި، ގދ. ތިނަދޫ ކޯންފްލޭކްސް ޑރ. އިސްމާޢީލް ޒާހިރާއި، ގއ. ވިލިނގިލި ދަންވަރުގޭ ޖިހާދާ ޢަލީ އެވެ.