20 Jan 2013, 23:20
ހ. ޖާވާގޭ ހަތަރުވަނަ ފުލޯގައި އަލިފާނުގެ ހަދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖީދިއްޔާ ސުކޫލު ކައިރީގައި ހުންނަ އެގޭގައި ހިނގާފައިވާ އެއަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ހަތަރު ފަންގިފިލާއަށް ހުންނަ އެގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ.
އެގޭގެ ކޮޓަރީގައި ރޯވެފައިވާ އަލިފާން މިހާރު ނިއްވާލާފައިވާ އިރު އެހާދިސާ ހިނގި ގޮތުގެ ތަފްސީލް އަދި މިހާތަނަށް ވަނީ ލިބޭގޮތް ނުވެފައެވެ.
ސަންގެ ނޫސްވެރިން އެހިސާބަށް ދިޔައިރު އެގޭގައި ދިރިއުޅޭ ފަރާތްތައް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެގެއިން ނެރެފައެވެ.