މާލޭ ގެއެއްގައި ބަނގުރާ ކައްކަމުންދިޔަ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ބަނގުރާ ކައްކަމުން ދިއުމާ ގުޅިގެން މިރޭ ހައްޔަރުކޮށްފައިވަނީ އުމުރުން 48 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މ.ގޯލްވިޗްގޭގައި ބިދޭސީންނަށް ކައްކައި ކާންދޭން ހަދައިފައިވާ ތަނެއްގައި ބަނގުރާ ކައްކައި، އެތަކެތީގެ ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ 20:55 ހާއިރު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ބުނީ ފުލުހުން އެ ގެއަށް ވަދެ ބަލައި ފާސްކުރި އިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައިފައި ހުރި 1.5 އެމްއެލްގެ ދެ ފުޅި އާއި 20 ލީޓަރުގެ ހަމެއް ފެނިފައިވާކަމަށާއި އޭގެއިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތަކެއް ވެސް އެތަނުން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.