14 Mar 2010, 10:40
14:30
މިހާރަކަށް އައިސް ސައްހަ ނޫން ޑޮލަރު ފެންނަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށާއި އާއްމު ރައްޔިތުން އެކަމަށް ސަމާލުވުމަށް އެމްއެމްއޭން އެދިއްޖެ އެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައިވާ އެމްއެމްއޭގެ އިޢުލާނެއްގައި ބުނެފައި ވަނީ 100 ޑޮލަރުގެ ނޫޓުގެ، ތަފާތު 11 ނަމްބަރެއް ހިމެނޭ ނޫޓަކީ ސައްހަ ނޫން ނޫޓު ކަމުގައި ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ކުރިއަށް ދެ އެފް އަދި ފަހަތަށް ސީ އަކުރެއް ހިމެނޭ ގޮތަށް ހުންނަ ނޫޓްތައް ކަމަށެވެ.
މީގެ އިތުރުން އާދައިގެ ކަރުދާހުގައި ހަދާފައި ހުންނަ ސައްހަ ނޫން ޑޮލަރުގެ ނޫޓް ވެސް މިހާރު ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށާއި އޭގެ ތެރޭގައި 20 އާއި 50 ޑޮލަރުގެ ނޫޓު ވެސް ހިމެނޭ ކަމަށް އެއިއުލާންގައިވެ އެވެ. އަދި އެފަދަ އެއްވެސް ނޫޓެއް ފާހަގަކުރެއްވިއްޖެ ނަމަ އެކަން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓްކުރުމަށް ވެސް އެމްއެމްއޭ އިން ވަނީ އެދިފަ އެވެ.
ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ ވަގު ޑޮލަރާ އެކު މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މއ. ފޯޗުން އިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.